Office Assistant (އޮފީސް އެސިސްޓަންޓް)

HDC(161)-HRM/IU/2022/218
Hulhumale
10500
12/05/2022
19/05/2022 14:00
Expired

ތައުލީމީ ފެންވަރާއި ތަޖުރިބާ

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.


މަޤާމުގެ މަސްއޫލިއްޔަތު

ކޯޕަރޭޝަންގެ އޮފީސްތައް ފޮޅާ ސާފުކުރުމުގެ އެންމެހާ މަސައްކަތްތައް ކުރުން. 


މަޤާމުގެ މައިގަނޑު މަސައްކަތްތައް

  • ކޯޕަރޭޝަނުގެ އޮފީސްތައް، ސުޕަވައިޒަރުގެ ލަފާގެ މަތިން ފޮޅާ ސާފުކޮށް ބެލެހެއްޓުން.
  • ކޯޕަރޭޝަނުގެ އޮފީސްތަކުގައި ހުންނަ ފާހާނާތައް ދޮވެ ސާފުކޮށް ޑަސްބިން ހުސްކުރުން.
  • އޮފީހުގެ އެކި ޖަލްސާ އަދި ބައްދަލުވުންތަކަށް ސައި، ކޮފީ ތައްޔާރުކުރުން.
  • މަޤާމާއި ސެކްޝަނުގެ މަސައްކަތާއި ގުޅޭގޮތުން ޑިޕާރޓްމަންޓުގެ އިސްވެރިޔާ ނުވަތަ ސުޕަވައިޒަރު ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން

  • ހީވާގިކަމާއެކު މަސައްކަތް ކުރެވޭ ސިއްޙަތު ސަލާމަތުންހުރި މީހެއް ކަމުގައިވުން
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރުން
  • މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއި އެކު ކުރުން
  • މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  • 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.


މުސާރަ: 10500.00ރ 

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.

 

ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
  • އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ޕޮލިސް ރިޕޯޓް


 އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.