Community Monitoring Assistant (ކޮމިއުނިޓީ މޮނިޓަރިންގް އެސިސްޓަންޓް)

HDC(161)-HRM/IU/2022/206
Hulhumale
11،500.00
08/05/2022
15/05/2022 14:00
Expired

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ

މަސައްކަތު ގަޑި: ޑިއުޓީ އުސޫލުން


ތައުލީމީ ފެންވަރާއި ތަޖުރިބާ

އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު މަސައްކަތްކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.

  

މަޤާމުގެ މަސްއޫލިއްޔަތު

  • ހުއްދަ ނަގައިގެން މަސައްކަތް ކުރާ ފަރާތްތަކަށް ހުއްދަ ދިނުމާއި އަދި މަސައްކަތް ކުރާ ފަރާތުން މަސައްކަތްކުރަނީ ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށްތޯ ބަލައި ޗެކުކުރުން.
  • އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށްދަނީ ރައްކާތެރިކަމާއި ކަނޑައެޅިފައިވާ އުސޫލްތަކާއި އެއްގޮތަށްތޯ ބެލުން.
  • އެޗް.ޑީ.ސީ ކަނޑައަޅައިފައިވާ ގަވާއިދުތަކާއި އުސޫލްތަކާއި އެއްގޮތަށް ބީޗްފްރޮންޓް އަދި އެހެނިހެން ހަރަކާތްތަކާއި އިވެންޓްތައް ކުރިއަށްދޭތޯ ބަލާ ޗެކްކޮށް ރިޕޯޓް ކުރުން.
  • އެޗް.ޑީ.ސީ އިން ހުއްދަދީގެން ޕޭވްމަންޓް ގައު ނަގައިގެން ކުރާ ހުރިހާ މަސައްކަތެއް އިންސްޕެކްޓް ކޮށް ބެލެހެއްޓުން.
  • މަގު މަތީގައި ހުންނަ ޖަންގްޝަން ފަދަ ތަންތަނަށް ދިމާވާ މައްސަލަ ބަލައި ކަމާއި ގުޅޭ ފަރާތްތަކާއި ގުޅައިގެން އެކަންކަން ހައްލުކުރުން.
  • ހުޅުމާލެ ފޭސް 2 ގައި އިންސްޕެކްޝަނާއި ގުޅުން ހުރި އެންމެހާއި ކަންކަން ކުރުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން

  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ
  • މުޢާމަލާތު ކުރުމުގެ ހުނަރު
  • ސަލާމަތީ ކަންތައްތައް ދަންނަ މީހެއްކަމުގައިވުން.
  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް (A0 , A1)ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ޞިއްޙަތެއްގައި ހުރުން.
  • 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން.


މުސާރަ: އަސާސީ މުސާރައާއި އެހެނިހެން އިނާޔަތްތަކާއެކު 11,500.00ރ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
  • އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ޕޮލިސް ރިޕޯޓް


މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 15 މެއި 2022 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޗްޑީސީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

 

އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.