ސެކިއުރިޓީ އެސިސްޓެންޓް (Security Assistant)

HDC(161)-HRM/IU/2022/205
Hulhumale
10500
08/05/2022
15/05/2022 14:00
Expired

ވަޒީފާއަދާކުރަންޖެހޭ ތަން: ހުޅުމާލެ

މަސައްކަތު ގަޑި: ޑިއުޓީ އުސޫލުން


ތައުލީމީ ފެންވަރާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމުގެ ފެންވަރުހުރުމާއި އެކު ޝިފްޓް ޑިއުޓީގައި ސެކިއުރިޓީ ބެލެހެއްޓޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.


މަޤާމުގެ މަސްއޫލިއްޔަތު:

ކޯޕަރޭޝަންގެ ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނުގެ އިމާރާތާއި ގޯތިތެރޭގެ ސެކިއުރިޓީ ބެލެހެއްޓުން.


މަޤާމުގެ މައިގަނޑު މަސައްކަތްތައް: 

  • ސެކިއުރިޓީ ބެލެހެއްޓުމަށް ކަނޑައެޅިފައިވާ ތަންތަނަށް ވެއްދޭ ތަކެއްޗާއި ބޭރުކުރެވޭ ތަކެތި މޮނިޓަރކުރުން. އަދި މައްސަލައެއް ކުރިމަތިވެއްޖެ ހިނދެއްގައި ސުޕަވައިޒަރަށް އަންގައި އެކަން ހައްލުކުރުން. 
  • ހަމަޖެހިފައިވާ ޢުސޫލަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ ބެލެހެއްޓޭ އިމާރާތައް ވަދެނިކުމެވާ މީހުން ދެނެގަތުން. އަދި އިމާރާތުގެ ގޯތިތެރެއަށް ވަނުމަށް ހުއްދަލިބިފައި ނުވާ ފަރާތްތައް ހުއްޓުވާ އެކަން ސުޕަވައިޒަރަށް ރިޕޯރޓްކުރުން.
  • ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުވެރި އަދި އިޙްލާސްތެރިކަމާއި އެކު އަދާކޮށް، ވަގުތައް ކަމޭހިތައި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތްކުރުން.
  • ކޯޕަރޭޝަނުން ހިންގާ އެކިއެކި ޕްރޮޖެކްޓްތަކަށް އެހީތެރިކަން ބޭނުންވެއްޖެ ހިނދެއްގައި އެމަސައްކަތަކަށް އެއްބާރުލުން ދިނުން. 
  • މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ސްޕަވައިޒަރު ހަވާލުކުރާ މަގާމާއި، މަގާމުގެ މަސްޢޫލިއްޔަތާއި ގުޅުންހުރި އެހެނިހެން މަސައްކަތްތައްކުރުން.


ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގައި ހުރުން އެދެވިގެންވާ އިތުރު ހުނަރާއި ޤާބިލްކަން:

  • ސަލާމަތީ ކަންތައްތައް ދަންނަމީހެއްކަމުގައިވުން.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި މަސައްކަތް ކުރެވޭނެފަދަ ރަނގަޅު ސިއްހަތެއްގައި ހުރުން.
  • މަސައްކަތްތައް އަމިއްލައަށް އިސްނަގައިގެން ކުރުމާއި މީހުންނާއި ގުޅިގެން މަސައްކަތްކުރެވޭ ފަރާތަކަށްވުން.
  • މަސައްކަތްތައް ކަނޑައަޅާފައިވާ ވަގުތައް ނިންމުމާއި ގަޑިއަށް ފަރުވާތެރިކަމާއިއެކު ކުރުން.
  • 55 އަހަރަށްވުރެ ހަގު މީހެއްކަމުގައިވުން


މުސާރަ: 10500.00ރ 

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭ ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެއެވެ.


ބޭނުންވާ ލިޔެކިޔުންތައް:

  • އައިޑީ ކާޑު ކޮޕީ ނުވަތަ ލައިސަންސް ކާޑު ކޮޕީ
  • އަސްލާއި އެއްގޮތްކަމަށް ތަށްގަނޑު ޖަހާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  • ކުރިން އަދާކޮށްފައިވާ ވަޒީފާގައި އުޅުނުކަމުގެ ލިޔުން
  • ޕޮލިސް ރިޕޯޓް


އިތުރު މައުލޫމާތު ހޯއްދެއްވުމަށް 3353535 އަށް ގުޅާލައްވާ.